ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓަންޖެހޭ ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވެއްޖެ އެވެ.
ރައީސް މެކްރޯން މިޒާތަށް ވާހަކަދައްކަވާފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަންއާ އެކު ބޭއްވި ބައްދަލުވުމަކަށްފަހު ނެރުއްވި ބަޔާނެއްގައެވެ.
މެކްރޯން ވިދާޅުވީ ހަނގުރާމަ ހުއްޓުވަން ޖެހޭ އަދި ހުއްޓާލަންޖެހޭ ވަގުތު އައިސްފި ކަމަށެވެ.
އިޒުރޭލުން ފަލަސްތީންގެ ރަފާއަށް އަނެއްކާވެސް ހަމަލާ ދިނުމަކީ ހަދާފައިވާ ވަރަށް ބޮޑު ގޯހެއް ކަމަށްވެސް މެކްރޯން ވިދާޅުވި އެވެ.
މެކްރޯންގެ ބަޔާނުގައި ވަނީ ޣައްޒާގެ ހުޅަނގު ފަރާތުގައި ތިބި ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލާފަ އެވެ. އަދި ހަމާސް އިންވެސް އެމީހުން ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.