ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
އެ ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އާންމުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި ޔުނައިޓެޑް ނޭޝަން ސެކިއުރިޓީ ކައުންސިލްގެ 2610 ރިސޮލިއުޝަނާ ހިލާފު އަމަލެއް ކަމަށެވެ.
ކުށެއްނެތް އާންމުންނަށް ދޭ މި ހަމަލާތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަ ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރުމަށްވެސް މި ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
ދިވެހި ސަރުކާރާއި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތު ކުރުމުގައި ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.
ޣައްޒާގެ އައް-ތާބިއީން ސްކޫލަށް އިޒްރޭލުން ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.