މަސްތުވާތަކެތި

ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ނެދަލޭންޑްސް މީހަކު ހައްޔަރުކޮށްފި

ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ރާއްޖެ އައި ނެދަލޭންޑްސް މީހަކު ހައްޔަރުކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ، ދޯހާ މަގުން ރާއްޖެއައި މި މީހާގެ ލަގެޖުގެ ތެރެއިން ހަ ޒިޕްލޮކް ބޭގު ފެނިފައިވާއިރު، އޭގައި ހަ ރަބަރު ޕެކް އޮތް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މީހާގެ އަތުގައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި ހަ ކިލޯ ހުރި ކަމަށް، އެ މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.

މި މީހާއަކީ ރާއްޖެއަށް ޗުއްޓީއަށް އައި މީހެއް ކަމަށް އޭނާ ބުނެ އެވެ. އޭނާ ބުނި ގޮތުގައި ލަގެޖް ޕެކް ކުރީ އޭނާއެއް ނޫނެވެ. އަދި ލަގެޖަށް މަސްތުވާތަކެތި ލީ، ލަގެޖް ޕެކް ކުރި މީހުން ކަމަށް އޭނާއާ ހަވާލާދީ ބަންދު އަމުރު ރިޕޯޓުގައިވެ އެވެ.

މި މީހާއަކީ އުމުރުން 30 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހާފަ އެވެ.