ވިޔަފާރި

ހިންޑެންބާގް ރިސާޗްގެ ތުހުމަތުތަކާ ގުޅިގެން އަދާނީ ގްރޫޕަށް ލޮޅުމެއް

އަދާނީ ގްރޫޕްގެ ވެރިޔާ އަދި އޭޝިއާ ބައްރުގައި ދެވަނަ އަށް އެންމެ މުއްސަނދި ބިލިއަނަރު ގުއާޓަމް އަދާނީ
0%
0%
0%

އެމެރިކާގެ ޝޯޓް ސެލަ ކުންފުންޏެއް ކަމަށްވާ ހިންޑެންބާގް ރިސާޗުން އިންޑިއާގެ މާކެޓް ރެގިއުލޭޓަރުގެ އިސްވެރިޔާއަށް އަމާޒުކޮށް ކުރި އާ ތުހުމަތަކާ ގުޅިގެން އަދާނީ ގްރޫޕްގެ ހިއްސާގެ އަގަށް ބޮޑު ލޮޅުމެއް އައިސްފި އެވެ.

ހިންޑެންބާގް ރިސާޗްގެ ފުރަތަމަ ރިޕޯޓާ ގުޅިގެން މިދިޔަ އަހަރު އަދާނީ ގްރޫޕްގެ މާކެޓް ވެލިއު 150 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ދަށަށް ދިޔަ އެވެ. އަދި މިފަހަރުގެ ތުހުމަތުތަކާ ގުޅިގެން ހޯމަ ދުވަހުގެ ނިޔަލަށް އަދާނީ ކުންފުނިތަކުގެ މާކެޓް ވެލިއުއިން 2.43 ބިލިއަން ޑޮލަރު ގެއްލިފައިވެ އެވެ.

ހިންޑެންބާގް ރިސާޗުން ބުނާ ގޮތުގައި އިންޑިއާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ބޯޑު (ސެބީ)ގެ ޗެއާޕާސަން މަދަބީ ޕޫރީ ބުޗް އަކީ އަދާނީ ގްރޫޕާ ގުޅުންހުރި އޮފްޝޯ ފަންޑުތަކާ ގުޅުން އޮތް ފަރާތެކެވެ. ނަމަވެސް ސެބީން ބުނެފައިވަނީ މި ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި އަދާނީ ގްރޫޕާ ދެކޮޅަށް ކުރެވުނު ތުހުމަތުތައް ރަނގަޅަށް ތަހުގީގު ކުރެވިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދާނީ ގްރޫޕުން ބުނެފައިވަނީ އެ ގްރޫޕްގެ ބޭރު ގައުމުތަކުގައި ހުރި ހޯލްޑިން ސްޓްރަކްޗާ އަކީ ފުރިހަމައަށް ހާމަކަން ބޮޑު ނިޒާމެއް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910