ދުނިޔެ

އޮސްޓްރޭލިއާގައި ވިއްކާ ކުޑަކުދިންގެ ކާނާގެ ފެންވަރު ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ވުރެ ދަށް

އޮސްޓްރޭލިއާގެ ސުޕަމާކެޓްތަކުގައި އާންމުކޮށް ލިބެން ހުންނަ ކުޑަކުދިން އަދި ތުއްތު ކުދިންގެ ކާބޯތަކެތީގެ ފެންވަަރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައި އޮންނަ މިންގަޑަށް ވުރެ ދަށް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އޮސްޓްރޭލިއާގައި ކުޑަކުދިން މާބޮޑަށް ފަލަވެ އަދި ވަރަށް ޅައުމުރުގައި ހަށިގަނޑު ބަރުހެލިވުން ވަނީ އިތުރުވެފަ އެވެ. މިއީ އަބަދަށް ދެމިހުރެދާނެ ނުރައްކާތެރި އެތައް ބަލިތަކެއްގެ ފެށުން ކަމަށްވެސް ސިއްހީ އިދާރާތަކުން ބުނެ އެވެ.

މި ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ފެންވަރުގައި ކުރިި މަސައްކަތުން، ކުޑަކުދިންގެ ކާނާގައި ނުބައެއް އުޅޭކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ކުޑަކުދިންގެ ކާނާ އުފައްދާ ކުންފުނިތަކުން ކުދިންގެ އުމުރަށް ބޭނުންނުވާ ބާވަތްތައް ކާނާގައި ގިނަ އަދަދަކަށް ހިމަނާފައި ހުރިކަން އޮސްޓްރޭލިއާގައި ކުރި ސާވޭތަކުން ވަނީ އެނގިފަ އެވެ. މިއީ ކޮން ބޭނުމަކު ކުރާ ކަމެއްތޯ ބެލުމަށް ކާނާ އުފައްދާ ކުންފުނިތަކާ ވާހަކަދައްކާނެ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުޑަކުދިންގެ ކާނާ އުފެއްދުމުގައި އަމަލުކުރާނެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައި ގާނޫނީ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް- އޮސްޓްރޭލިއާގެ ސިއްހަތާ ބެހޭ އިދާރާތަކުން މިހާރު ދަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާކުރަމުންނެވެ.

މި މިންގަނޑުތަކުން ބޭރުވާ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އަދި ވިޔަފާރި ހުއްދަ ބާތިލުކުރެވޭ އުސޫލުތަކެއްވެސް ކަނޑައަޅާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

އޮފިޝަލުން ބުނާ ގޮތުން ކާނާގެ ބައެއް ބާވަތްތައް އުފައްދާފައި ހުންނަނީ، އެ ބާވާތްތައް އިޝްތިހާރުކުރުމަށްޓާކައި ކާނާ އުފައްދާ ކުންފުނިތަކުން ހާމަކޮށްފައި ހުންނަ މައުލޫމާތަށްވެސް ނުފެތޭ ގޮތަށެވެ.

އޮސްޓްރޭލިއާގެ ސިއްހީ އިދާރާތަކާ ހަވާލާދީފައި ހުރި ހަބަރުތައް ބުނާ ގޮތުން، މަކަރުހަދައިގެން ކާނާ ވިއްކާ ކުނުފުނިތަކަށް މިހާރުން މިހާރަށް ވެސް ފިޔަވަޅު އަޅާނެ އެވެ. އަދި ވަކި ކާނާއަކުން ކުދިންނަށް ގެއްލުމެއް ލިބިފައި ހުރި ނަމަ ބަދަލުވެސް ނަގައިދޭނެ އެވެ.

ކުޑަކުދިންގެ ކާނާގެ އެއްވެސް ބާވަތެއް ވިއްކަން ހުއްދަދޭނީ، އޭގައި ހިމެނޭ ބާވަތްތަކާއި އުފެއްދި ގޮތް ސާބިތުކޮށްދިމުން ކަމަށްވެސް އޮފިޝަލުން ބުނެ