ގދ. ތިނަދޫ

ހެދިކާއެއްގެ ތެރޭގައި އޮތް ފުޅިތޮށިކޮޅަކުން ކުއްޖެއްގެ އަނގަ ކަނޑައިގެން ހިނގައްޖެ

ހެދިކާއެއްގެ ތެރޭގައި އޮތް ފުޅިތޮށިގަނޑަކުން ކުޑަ ކުއްޖެއްގެ އަނގަ ކަފައިގެން ހިނގައްޖެ އެވެ.

ގދ. ތިނަދޫގައި ހިނގި މި ހާދިސާގައި ޒަހަމްވި ކުއްޖާގެ ފޮޓޯތައް ހިއްސާކޮށް އެކުއްޖާގެ ދައްތައެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މިއަދު ހަވީރު ސުމަން ފިހާރައިން ގަތް ހެދިކާގެ ތެރޭގައި އޮތް ފުޅިތޮށިގަނޑަކުން ކޮއްކޮގެ އަނގަތެރެ ކަފައިގެން ވަނީ ގޮއްސަ،" އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނީ އެ ފިހާރައަކީ ގިނަ ބަޔަކު ހެދިކާ ގަންނަ ތަނެއް ކަމަށާއި ހެދިކާ ވިއްކާ އިރު ސަފުތާހިރު ކަމަށް ބަލަން ޖެހޭ ކަމަށެވެ.

ޕޯސްޓު ޝެއާކޮށް، އޭނާ ވަނީ ތިނަދޫ ކައުންސިލާއި، ހެލްތ މިނިސްޓްރީގެ އިތުރުން މޯލްޑިވްްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ޓެގް ކޮށްފަ އެވެ.