ހަބަރު

މާރުކޭޓު ސަރަހައްދުގައި ޒަހަމްވި މީހާ އަދިވެސް ހޭނާރާ: އައިޖީއެމްއެޗް

ލޯކަލް މާރުކެޓު ސަރަހައްދުގައި އިއްޔެ ހިނގި މާރަމާރީގައި ޒަހަމްވި މީހާ އަދިވެސް ހޭނާރާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ލޯކަލް މާރުކޭޓު ގޮޅިއަކުން ވައްކަން ކުރަން އުޅުން މީހަކު އަތުލައިގަނެ އޭނާ ގައިގާ ބަޔަކު ވަނީ ތަޅައިގަނެ ބޮލުގައި އެއްޗަކުން ޖަހާ، މޫދަށް އެއްލާލައިފަ އެވެ. އޭގެ ސަބަބުން އޭނާގެ ހާލު ސީރިޔަސްވެ އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ މާރުކޭޓު ސަރަހައްދުގައި ޒަހަމްވީ މީހާ އަދިވެސް ހޭނާރާ ކަމަށެވެ.

"އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި އެބަހުރި. ދެން ހުރީ ފުއްޕާމެއަށް ފެން އެޅިފަ. އަދިވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ވެންޓިލޭޓަރެއްގެ ތެރޭގައި އޮތީ،" ޒީނަތު ވިދާޅުވި އެވެ.

މިމައްސަލަ ފުލުހުން ބަލަމުންދާ އިރު މިހާތަނަށް އެކަކުވެސް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.