އައިޖީއެމްއެޗް

މަސްތުވާތަކެތީގެ ތުހުމަތުކުރެވޭ ނަރުސް ސަސްޕެންޑް ކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މަސައްކަތް ކުރާ ނަރުހަކަށް މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުކުރެވޭތީ އޭނާ ސަސްޕެންޑްކޮށްފި އެވެ.

ނަރުސް ސަސްޕެންޑްކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ޔަގީންކޮށްދިން ނަމަވެސް އޭނާގެ ވަނަވަރު ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެ އެވެ.

މިއީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ އިސް ނަރުހަކު ޑިއުޓީ ގަޑީގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއް ކަމަށްވާތީ ހޮސްޕިޓަލުން ވަނީ މިމައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ އައިޖީއެމްއެޗް އިން ރިޕޯޓުކޮށްފައިވާތީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ފުލުހުންވެސް ދީފައެއް ނުވެ އެވެ.

މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރަޔުކޮށްފައިވާ ކަމަށްވެސް ފުލުހުން ނުބުނެ އެވެ.