މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި އިމާމެއް ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކާށިދޫ މިސްކިތުގެ އިމާމު އެރަށު ޝަބްނަމްގެ، ޣާނިމް ސަލީމެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ވަނީ މަސްތުވާތަކެތި ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނި ތަހުގީގު ކުރަމުންނެވެ.