ކުޅިވަރު

ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުން ހެންރީ ވަކިވެއްޖެ

ފްރާންސް ފުޓުބޯޅަ ޓީމުގެ ކުރީގެ ތަރި ތިއެރީ ހެންރީ
0%
0%
0%

ޕެރިހުގައި ބޭއްވި އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ މުބާރާތުގައި ފްރާންސަށް ރިހި މެޑެލް ހޯދައިދިނުމަށްފަހު އެ ގައުމުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުން ކުރީގެ ތަޖުރިބާކާރު ފޯވާޑް ތިއެރީ އޮންރީ އިސްތިއުފާ ދީފި އެވެ.

އޮންރީގެ އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަކާ ހުރެކަން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އޮންރީ މި މަގާމާ ހަވާލުވީ ދެ އަހަރުގެ މުއްދަތަކަށް ކަމަށްވާއިރު، އޭނާގެ ކޮންޓްރެކްޓް ހަމަވާން އޮތީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ މައިގަނޑު އަމާޒަކަށް އޮތީ 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ކޮލިފައި ކުރުމެވެ.

އޮންރީގެ އިސްތިއުފާއާ ގުޅިގެން އޭނާ ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލިޕް ޑިއަލޯ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

އޮލިމްޕިކް ގޭމްސްގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދުމުގެ އަމާޒުގައި އޮންރީ މި މަގާމާ ހަވާލުވި އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފްރާންސްގެ ޓީމުން ވަނީ ފައިނަލްގައި އިތުރު ވަގުތުގައި 5-3 އިން ސްޕެއިންގެ އަތުން ބަލިވެ، ރިހި މެޑެލް ހާސިލުކޮށްފަ އެވެ.

ފައިނަލް މެޗަށްފަހު އޮންރީގެ މުސްތަގުބަލާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ދިން ޖަވާބުތަކުން އޭރުވެސް ދޭހަވީ އޭނާ އިތުރަށް 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގައި ނުހުންނާނެ ކަމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345