ހުޅުމާލެ

ތޫނު ހަތިޔާރުން ބިރު ދައްކައި ފޭރުނު އަންހެނަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރުން ބިރު ދައްކައި، ފޯނެއް ފޭރުނު އަންހެނަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާގެ ނަމަކީ ޝާނާ މުހައްމަދު ޖުނެއިދުއެވެ.

ގދ. ވާދޫއަށް ނިސްބަތްވާ މި އަންހެން މީހާއަކީ ހިޔާ ފްލެޓްގައި ދިރިއުޅޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އޭނާ ހައްޔަރުކުރީ މާލޭ މަގުމަތިން މީހަކަށް ވަޅިން ބިރުދައްކައި އެމީހާގެ ފޯނު ފޭރުނު މައްސަލައަކާ ގުޅިގެންނެވެ.

މި ހާދިސާގައި އެ އަންހެން މީހާ ފޭރިގަތް ފޯނު މިހާރު ވަނީ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރު ކުރުމުން މިއަދު ވަނީ 10 ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.