ހަބަރު

ދިރާގުން އެސް 7 އަދި އެސް 7 އެޖް އިންސްޓޯލްމަންޓަށް ދޫކުރަނީ

ދިރާގުން، ސެމްސަންގުގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ސެމްސަންގު އެސް 7 އަދި އެސް 7 އެޖް އިންސްޓޯލްމަންޓަށް ދޫކުރަން ނިންމާފައިވާ ކަމަށް ދިރާގުން ބުނެފި އެވެ. މިއީ އެއްފަހަރާ ފައިސާ ދައްކާފައި މި ފޯނުތައް ނުގަނެވޭ ފަރާތްތަކަށް ގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ އެސް7ގެ ފޯނުތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ލޯންޗުކޮށް ވިއްކަން ފަށާ ދުވަހު ރާއްޖޭގައި ވެސް ވިއްކަން ފަށާނެ ކަމަށާއި ނަމަވެސް ފޯނު ގަންނަން ބޭނުންވާ ފަރާތްތަކުން ޕްރީ އޯޑަރު ކުރަންޖެހޭނެ ކަމަށެވެ.

ދިރާގުން އިންސްޓޯލްމަންޓަށް އެސް7 އެއެ 11،499 ރުފިޔާއަށް ވިއްކަން ނިންމާފައިވާއިރު ފޯނުގެ އެޑްވާންސަށް 2،499 ރުފިޔާ ދައްކަން ޖެހެއެވެ. އެއަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 799 ރުފިޔާއެވެ.

އެސް7 އެޖް ދިރާގުން ވިއްކަން ނިންމާފައި ވަނީ 13،499 ރުފިޔާއަށެވެ. އިންސްޓޯލްމަންޓަށް އެޑްވާންސްގެ ގޮތުގައި 2،499 ރުފިޔާ ދައްކަން ޖެހޭއިރު ކޮންމެ މަހަކު ދައްކަން ޖެހެނީ 949 ރުފިޔާއެވެ.

އެސް7 އާއި އެސް7 އެޖް ރާއްޖޭގެ ބާޒާރަށް ނެރޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.