ބޭރު ކުޅިވަރު

ނިއުކާސަލްގެ ކޯޗުކަމުން މެކްލެރަން ވަކިކޮށްފި

ނިއުކާސަލް ޔުނައިޓެޑުގެ ކޯޗުކަމުން ސްޓީވް މެކެލެރަން ވަކިކޮށްފި އެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު މަގާމުން ވަކިމިކުރީ އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 28 މެޗުގެ ތެރެއިން އެންމެ ހަ މެޗުން މޮޅުވެފައިވާއިރު ޓޭބަލުގެ ފަހަތުން ދެ ވަނަ އަށް ޓީމު ވެއްޓުމުންނެވެ.

މެކްރެލަރަން ވަޒީފާއިން މަކިކުރުމުން ކޯޗުކަން ދޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކޯޗަކީ ލިވަޕޫލާއި ޗެލްސީ އަދި ރެއާލް މެޑްރިޑާއި އިންޓަމިލާނުގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒެވެ. ރެއާލްގެ ކޯޗުކަމުން މީގެ ދެ މަސްކުރިން ވަކިކުރުމުން ބެނީޓޭޒް މިހާރު ހުރީ ހުސްކޮށެވެ.

ނިއުކާސަލްއިން މިއަދު ނެރުނު ބަޔާނުގައިވަނީ މެކްލެރަން ކޮށްދިން ހިދުމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ކުލަބުގެ ކުލަބަށް ކާމިޔާބު ހޯދައިދޭން މެކްލެރަން ކުރި މަސައްކަތަށް މެނޭޖިން ޑިރެކްޓަރު ލީ ޗާންލޭ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.