ބޭރު ކުޅިވަރު

ޕީކޭ އަކީ އާބެލޯއާގެ ރަހުމަތްތެރިއެއްނޫން

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަކީ އޭނާގެ ރަހުމަތްތެރިއެއްނޫން ކަމަށް ރެއާލް މެޑްރިޑްގެ އަލްވާރޯ އާބެލޯއާ ބުނެފި އެވެ.

ސްޕޭނުގެ ގައުމީ ޓީމުގައި ވެސް ހިމެނޭ މި ދެ ކުޅުންތެރިންގެ މެދުގައި ރުޅިވެރިކަން އުފެދުނު އެއް ކަމަކީ އާބެލޯއަކީ ޓްރޭނިންހަދާއިރު ދަނޑުގައި ބަހައްޓާ ކޯނެއްކަމަށް ޕީކޭ ބުނުމުންނެވެ.

"އަހަރެން ގާތު ވަރަށް ގިނަ މީހުން ބުނޭ ރައްދުދޭންވީއޭ. އަހަރެންވެސް ހިތަށް އަރާ އެހެން. އެކަމަކު ފަހުން އަހަރެންވިސްނާލާއިރު އެއީ މިކަން ފިނިކުރަން ކުރެވޭނެ ކަމެއްނޫން،" އާބެލޯއާ ބުންޏެވެ.

އޭނާ ބުނީ ޕީކޭ އަކީ އޭނާގެ ރަހުމަތްތެރިއަކަށް ނުވާ ސަބަބުން ދުނިޔެ އަށް ކިޔާދެވިދާނެ ކަމަށާއި ނަމަވެސް އޭނާއެކަން ކޮށްފިނަމް ޕީކޭ މަޑުން ނުހުންނާނެ ކަމަށެވެ. އަދި ޕީކޭގެ އާއިލާ އަކީ އޭނާ ދަންނަ އާއިލާއެއް ކަމަށާއި އެއާއިލާއާމެދު އޭނާ ބަހައްޓާން ގަދަރާއި އިހްތިރާމް އޭނާގެ އާއިލާ އަށް ޕީކޭގެ ފަރާތުން ނުލިބޭ ކަމަށެވެ.

ނަމަވެސް އާބެލޯއާ ބުނީ ރެއާލް މެޑްރިޑަސް ޕީކޭ ފާޑުކިޔާނަމަ ރައްދުދޭނެ ކަމަށެވެ.

"އަހަންނަށް ފާޑު ކިޔަންވީ. އަހަރެން އެކަން މިހާރު ވެސް މިދަނީ ހަޖަމް ކުރަމުން. އެކަމަކު ރެއާލް މެޑްރިޑަށް ފާޑުކިޔައިފިއްޔާ އަހަރެން ތެދުވާން އެކަމާ ދެކޮޅަށް،" ލިވަޕޫލަށް ކުރިން ކުޅުނު އާބެލޯއާ ބުންޏެވެ.