ކުޅިވަރު

ލޯނު އެއްބަސްވުމެއްގައި ސްޓާލިން އާސެނަލްއަށް

އިންގްލޭންޑުގެ ވިންގަރު ރަހީމް ސްޓާލިން ޗެލްސީ އިން އާސެނަލްއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވެއްޖެ އެވެ.

ޓްރާންސްފަ މާކެޓްގެ އެންމެ ފަހު ވަގުތު ކުރެވުނު މި އެއްބަސްވުމުގައި ސްޓާލިން ސޮއިކޮށްފައިވަނީ މި ސީޒަން ނިމެންދެންނެވެ.

ދެހާސް ބާސްވީސް ވަނަ އަހަރު މެންޗެސްޓަ ސިޓީން ޗެލްސީއަށް ބަދަލުވި ސްޓާލިންއަށް މި ސީޒަނުގައި ޗެލްސީ އިން އެއްވެސް މެޗެއްގައި ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަކީ ކުރިންވެސް ސްޓާލިން އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޯޗެކެވެ.

ސްޓާލިންގެ ކުޅުންތެރިކަމުގެ މަޝްހޫރުކަން ފެށިގެން އައީ ލިވަޕޫލުންނެވެ. އޭނާގެ ކެރިއަރުގެ ގިނަ ދުވަސްތަކެއް ހޭދަކުރީ މެންޗެސްޓަ ސިޓީ ގައެވެ.

އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ޕެޕް ގާޑިއޯލާއާއެކު ސިޓީގަ އެވެ. އޭނާގެ ފަރާތުން އެންމެ ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެން ދިޔައީވެސް ސިޓީގަ އެވެ.

ސިޓީ އާއެކު 10 ޓްރޮފީ ހޯދާފައިވާ ސްޓާލިން ވަނީ އިންގްލޭންޑުގެ ގައުމީ ޓީމަށް 82 މެޗު ކުޅެދީފަ އެވެ. އެހެންނަމަވެސް އެންމެ ފަހުގެ ޔޫރޯގައި އޭނާއަށް އިނގިރޭސި ސްކޮޑުން ޖާގައެއް ނުލިބެ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީގައި ސްޓާލިންގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. އެހެންނަމަވެސް އޭނާ ބުނާ ގޮތުގައި އާސެނަލްގައި އޭނާ ތަފާތު ދައްކާނެ އެވެ.

މި ބަދަލާއެކު އާސެނަލްގައި އަލުން އޭނާގެ ކުޅުން ދައްކާލުމުގެ ފުރުސަތު ސްޓާލިންއަށް ލިބިގެންދާނެ އެވެ. އަދި ޒުވާން ކުޅުންތެރިން ގިނަ އާސެނަލްއަށް ތަޖުރިބާކާރު ކުޅުންތެރިއެއްގެ ހުނަރާއި ގާބިލުކަން ލިބިގެންދާނެ އެވެ.