ކުޅިވަރު

ގޯލު ފުންޏެއް ޖަހައި ބާސާއަށް ބޮޑު މޮޅެއް

ސްޕެނިޝް ލަ ލީގާގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާއިން ރެއާލް ވަލެޑޮލިޑް 7-0 ބޮޑު ތަފާތަކުން ބަލިކޮށްފި އެވެ. މިއީ ފަހުގެ ތާރީހެއްގައި ބާސާއިން ހޯދި އެންމެ ބޮޑު އެއް މޮޅެވެ.

ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބާސާއިން އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވި ހަމައެކަނި ޓީމަކީވެސް ބާސާ އެވެ.

ލުއިސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި މެޗުގައި ބާސެލޯނާގެ ރަފީނިއާ ހެޓްރިކެއް ހެދި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ތިން ގޯލު ކާމިޔާބު ކުރި އެވެ. ރަފީނިއާ، ލެވަންޑޮސްކީ އަދި ކޮއުންޑޭ މި ގޯލުތައް އެޓީމަށް ޖަހައި ދިނެވެ.

ދެވަނަ ހާފުގައި ރަފީނިއާ އިތުރު ދެ ގޯލު ޖަހައި އޭނާގެ ކެރިއަރުގެ ފުރަތަަމަ ހެޓްރިކް ބާސާއަށް ހަދައިދިނެވެ. އޮލްމޯ އާއި ފެރާން ޓޮރޭޒްވެސް ވަނީ އެ މެޗުގައި އެޓީމަށް ގޯލު ޖަހައިދިފަ އެވެ.

މި ކާމިޔާބީއާ އެކު ބާސެލޯނާއިން މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައިވެ އެވެ. ކުރިން ކުޅުނު ތިން މެޗުގައި އެޓީމުން ވެލެންސިއާ، އެތްލެޓިކް ކުލަބް އަދި ރަޔޯ ވަލެކާނޯ ވެސް ވަނީ ބަލިކޮށްފަ އެވެ.