ރޭ ސްޕެނިޝް ލަލީގާގައި ބާސެލޯނާ އަދި ރިއަލް ބެޓިސް ކުޅުނު މެޗު އެއްވަރުވެ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް ލީޑު ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތު ގެއްލިއްޖެ އެވެ.
މިއާއެކު ތާވަލުގެ އެއްވަނައިގައި ދެމިއޮތުމަށް އެޓީމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ. ވާދަވެރި ރިއާލް މެޑްރިޑް ކުރިއަށް އޮތް ދެ މެޗުން މޮޅުވެއްޖެނަމަ އެ ޓީމު އެއް ޕޮއިންޓުގެ ލީޑަކާއެކު އެއްވަނައަށް ޖެހިލާނެ އެވެ.
ބާސެލޯނާ އަދި ބެޓިސް ކުޅުނު މެޗު ނިމިގެން ދިޔައީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން 1-0 ގެ ލީޑެއް ނެގީ 39 މިނެޓުގައި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލަކުންނެވެ. އޭގެފަހުން ފުރަތަމަ ހާފުގައި އިތުރު ގޯލެއް ނުފެނި ހާފު ނިމިގެންދިޔަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދިޔައީ ރިއަލް ބެޓިސް އިން ކުޅުން ރަނގަޅުކޯށް ބާސާއަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ބާސާގެ އޭރިއާގެ ތެރެއިން އެޓީމުގެ ފްރެންކީ ޑީޔޮން ކުރި ފައުލަކުން ބެޓީސްއަށް ޕެނަލްޓީއެއް ލިބުމެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ މިޑްފީލްޑަރު ޖިއޮވާނި ލޯ ސެލްސޯ އެވެ.
މެޗުގެ ކުޅުން ނިމެން ކައިރިވެފައި ވަނިކޮށް ބާސާގެ ލަމީން ޔަމާލް ނަގައިދިން ހުރަހަކުން އަނެއްކާވެސް ބާސާއަށް ލީޑު ނަގައިދިނީ އެޓީމުގެ ފެރާން ޓޮރެޒް އެވެ. އެހެންނަމަވެސް އިތުރު ވަގުތުގައި އައްސާން ޑިއާއޯގެ ތިލަވާ ޖެހި ގޯލަކުން ބެޓިސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.