އަނާރާ ނައީމް

ލާޖައްސައިގެން އަނާރާ ހުޅުމާލެއިން ގޯއްޗެއް ހޯއްދަވައިފި

ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމު
50%
50%
0%

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމު، ލާޖައްސައިގެން ހުޅުމާލެ އިން ގޯއްޗެއް މިލުކުރައްވައިފި އެވެ.

އަނާރާ ވަނީ ނިމިދިޔަ ސަރުކާރުން ހުޅުމާލޭގެ ބީޗް ސައިޑުން ގޯތި ވިއްކިއިރު އެ ތަނުން ގޯއްޗެއް ބައްލަވައިގެންފަ އެވެ.

ލާޖައްސައިގެން އަނާރާ މިލްކުރެއްވި ހުޅުމާލޭގައި އޮންނަ އޭނާގެ ގޯއްޗަކީ އެހެން މީހެއްގެ ގޯއްޗެއް ލާޖައްސައިގެންނެވެ.

ގޯތީގެ ވެރިފަރާތުން އެއްބަސްވެގެން ކުރިއަށް ގެންދިޔަ މި މުއާމަލާތް ސިވިލް ކޯޓުން ނިންމާ ހުކުމް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި ލާޖެއްސުމަކީ އޮންނަ ކަމެއް ނޫން ނަމަވެސް މިއީ ކޯޓުތަކުން ކުރަމުންދާ ކަމެކެވެ.

މީގެ އެންމެ މަޝްހޫރު އެއް މައްސަލަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އޭރުގެ އަމިއްލަ ގޯތި ގ. ދޫވެހި ލާޖައްސައިގެން ހެންވޭރުން ގޯއްޗެއް ހޯއްދެވި މައްސަލަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345