ދުނިޔެ

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އިޒުރޭލު ރައްޔިތުން މަގުތަކަށް

އިޒުރޭލުގެ ވެރިރަށް ތެލް އަވީވް އަދި ގުދުސްގައި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފަށައިފި އެވެ.

މި މުޒާހަރާތަކުގައި ފަސްލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުޒާހަރާކުރާ ފަރާތްތަކުން ނަތަންޔާހޫ އަށް ޑިމާންޑް ކުރަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، ހަމާސް ޖަމާއަތާއެކު ސުލްހަވެރި ހައްލަކަށް ދެވޭނެ މަގެއް ހޯދުމަށެވެ.

މުޒާހަރާތައް ފެށުނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ގަ މީހެއްގެ ހަށިގަނޑު މަރުވެފައި އޮއްވާ ފެނުމާ ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، އަސީރުންގެ މަރުގެ ޒިންމާ އުފުލަންޖެހެނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. އެއީ އޭނާ ހަނގުރާމަ ހުއްޓުވުމަށާއި އަސީރުން ދޫކޮށްލުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއަޅަމުންދާތީ އެވެ.

މުޒާހަރާގެ ސަބަބުން ގުދުސް ހިމެނޭހެން ބޮޑެތި ސަހަރުތަކުގެ މަގުތައް ބަންދުވެ، ދަތުރުފަތުރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވެ އެވެ. އެންމެ ގިނަ ބަޔަކު އެއްވެފައިވަނީ ތެލް އަވީވްގައި ހުންނަ ބޮޑުވަޒީރުގެ ގަނޑުވަރު ކައިރި އަށެވެ. މުޒާހަރާގެ ބައިވެރިން ދަނީ ބޮޑުވަޒީރު ނަތަންޔާހޫގެ އިސްތިޢުފާއަށް ގޮވާލަމުންނެވެ.

މީގެ 10 މަސް ކުރިން ހަމާސްގެ މުޖާހިދުން ޔަހޫދީންގެ ބަޔަކު ރަހީނު ކޮށްފައިވެ އެވެ. މީގެ ތެރެއިން ބައެއް މީހުން މިނިވަން ކުރި ނަމަވެސް ހަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 101 އަސީރުން ތިބި ކަމަށް ބެލެވެ އެވެ.

ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ އުދުވާނުގެ ތެރެއިން ދީފައިވާ ހަމަލާތަކުގައި މީގެތެރެއިން ތިންބައިކުޅަ އެއްބައި އަސީރުން މަރުވެފައިވާ ކަމަށް އިތުބާރު ހިފޭ ބައެއް މަސްދަރުތަކުން ބުނެ އެވެ.

މި މުޒާހަރާތަކުން ދައްކުވައިދެނީ އިޒުރޭލުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ބޭނުންވަނީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަވެރި ހައްލަކަށް އާދެވޭނެ ގޮތެއް ހޯދުމަށް ކަމެވެ. މިކަމުގެ ސަބަބުން އިޒުރޭލުގެ ސަރުކާރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެ ގޮތް ހުސްވެއްޖެ އެވެ.

މުޒާހަރާތައް ވަރުގަދަ ވަމުންދާތީ ނަތަންޔާހޫގެ ސަރުކާރުން ގޮތް ދޫކޮށް ހަމާސްއާ ސުލްހަވާން މަޖުބޫރުވާނެ ކަމަށް މުރާސިލުން ގަބޫލު ކުރެ އެވެ. އަދި މުޒާހަރާތައް ފިނިކުރުމަށްޓަކައި ވަގުތީގޮތުން ނަމަވެސް އިޒްރޭލު ސިފައިން ފަލަސްތީނުން ފައިބާނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް އިޒްރޭލުން ހަމާސްއާއި އެކު ސުލްހަވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ނަތަންޔާހޫ އެވެ. ހަނގުރާމަ ހުއްޓާލުމަކީ އޭނާ އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ.

މުޒާހަރާތައް ވަރުގަދަ ވަމުން ދާތީ ނަތަންހާހޫގެ ސަރުކާރުން ގޮތް ދޫކޮށް ޣައްޒާ ސުލްހަވާން މަޖުބޫރުވާނެ ކަމަށް މުރާސިލުން ގަބޫލު ކުރެއެވެ. އަދި މުޒާހަރާތައް ފިނިކުރުމަށްޓަކައި ވަގުތީގޮތުން ނަމަވެސް އިޒްރޭލު ސިފައިން ފަލަސްތީނުން ފައިބާނެކަމަށް ބެލެވެ އެވެ.

އެހެންނަމަވެސް އިޒްރޭލުން ހަމާސްއާއި އެކު ސުލްހަވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ނަތަންޔާހޫ އެވެ. ހަނގުރާމަ ހުއްޓާލުމަކީ އޭނާ އެއްގޮތަކަށް ވެސް ބޭނުންވާނެ ކަމެއް ނޫނެވެ.