ޑުރަގް ކޯޓް

ޑްރަގް ކޯޓުން ވައްކަން ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޑްރަގު ކޯޓުން ވައްކަން ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފަައިވަނީ އައްޑޫ، ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމް (32އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އޭނާ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ވަނީ ޑްރަގް ކޯޓުގެ ޖަލްސާކުރާ މާލަމުގެ ކުޑަ ދޮރެއް ހަލާކުކޮށްލުމަށްފަހު އެ ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ފައިސާތަކެއް ވަގަށް ނަގާފަ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އަސްލަމަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ގިނަ ކުށްތަކަކަށް އަރައިގަނެފައިވާ މީހެކެވެ. އެގޮތުން ސަރުކާރުގެ ގިނަ އޮފީސްތަކަކުން ވައްކަން ކޮށްފައިވާ ގިނަ މައްސަލަތަކެއް ފާހަގަކުރެވެ އެވެ.