ކުޅިވަރު

900 ގޯލު ހަމަކުރި ފުރަތަަމަ ކުޅުންތެރިޔަކަށް ރޮނާލްޑޯ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗެއްގައި ޕޯޗުގަލް ވަނީ ކްރޮއޭޝިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ޕޯޗުގަލްގެ ސުޕަ ސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގެ 900 ވަނަ ގޯލު ޖަހާފަ އެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯ އަކީ މި އަދަދަށް ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާގެ ވާދަވެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ މިހާތަނަށް ޖަހާފައިވަނީ 838 ގޯލެވެ.

ރޮނާލްޑޯގެ 900 ގޯލުގެ ތެރެއިން 131 ގޯލަކީ ގައުމީ ޓީމަށް ޖެހި ގޯލުތަކެވެ. އަދި ދެބައިކުޅަ އެއްބައި ގޯލަކީ ރެއާލް މެޑްރިޑަށް ކްލަބް ފެންވަރުގައި ޖަހައިދިން ގޯލުތަކެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ގޯލު ޖެހީ 34 ވަނަ މިނެޓް ގައެވެ. އޭނާ މި ގޯލު ޖެހީ ނޫނޯ މެންޑޭޒް ނަގައިދިން ހުރަހަކުންނެވެ.

"މިއީ އަހަރެންގެ ކެރިއަރުގެ ވަރަށް ހާއްސަ ރެކޯޑެއް. ހަގީގަތުގައި އަހަރެން ރެކޯޑެއް ނުމުގުރަން. ރެކޯޑްތައް އަހަރެން ފަހަތުން އަންނަނީ،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ޕޮލެންޑް ވަނީ ސްކޮޓްލެންޑް 3-2 އިން ބަލިކޮށްފަ އެވެ. ދެން އޮތީ އާދީއްތަ ދުވަހުގެ ރޭ ޕޯޗުގަލް އާއި ސްކޮޓްލެންޑްގެ މެޗާއި، ކްރޮއޭޝިއާ އާއި ޕޮލެންޑްގެ މެޗެވެ.