މޯލްޑިވްސް ޕޮލިސް ސާވިސް

ގެސްޓް ހައުސްއެއްގެ ތެރޭގައި ޒަހަމްވެފައި އޮތް މީހަކު ފެނިއްޖެ

މާފަންނު ގެސްްޓް ހައުސް އެއްގެ ކޮޓަރިއެއްގައި އުޅޭ ދިވެއްސަކު ޒަހަމްވެފައި އޮތްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އޭނާގެ ހަބަރެއް ނުވާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން މިއަދު އެތަނަށް ދިޔަ ކަމަށެވެ.

ފުލުހުން ކޮޓަރިއަށް ވަދެ ބެލި އިރު ޒަހަމްތަކާއެކު އޮޮތްވާ އޭނާ ފެނިފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ގެސްޓްހައުސްގައި ޒަހަމްވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި ފިރެހެނެކެވެ.

އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން އިތުރަށް ބުނީ ގެސްޓްހައުސް ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.