ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ފަންނީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް އައުމަށް ދަފްތަރެއް ހުޅުވާލައިފި

ހިދުމަތުން ދުރަށްދާންޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިންގެ ދަފްތަރެއް އެކުލަވާލައި ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ދަފްތަރަކީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނިކުތުމަށް މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެކެވެ.

މިދިޔަ އާދިއްތަ ދުވަހު މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ.

ހިދުމަތުން ދުރަށްދާންޖެހިފައިވާ ހިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިންގެ ދަފްތަރެއް އެކުލަވާލުމަށް ހުޅުވާލުމުގެ ކުރިން މިދިޔަ އޮގަސްޓް ފަސްވަނަ ދުވަހު ވަނީ ކަމާ ގުޅޭ އުސޫލު އާންމުކޮށްފަ އެވެ.