ރާއްޖެ ކުޅިވަރު

ކާވާ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ތަޖިކިސްތާނަށް

ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ތިންވަނަ އަދި ބްރޯންޒް މެޑަލް ތަޖިކިސްތާނުން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ކުޅުނު މެޗުގައި ތަޖިކިސްތާނުން އަފްގާނިސްތާނާ ކުރިމަތިލައި މޮޅުވީ 3-1ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ދެ ސެޓު ތަޖިކިސްތާނުން ކާމިޔާބުކުރީ 25-18ގެ އެއް ނަތީޖާއަކުންނެވެ.

އަފްގާނިސްތާނުން ތިންވަނަ ސެޓު 25-19 އިން ކާމިޔާބުކުރި ނަމަވެސް ހަތަރުވަނަ ސެޓުގައި ތަޖިކިސްތާނުން އަނެއްކާވެސް 25-18 އިން މޮޅުވެ، މެޗު ނިންމާލި އެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި މިރޭ ކުޅެނީ ރާއްޖޭގެ އަންހެން ޓީމާއި ކިރިގިސްތާނުގެ އަންހެން ޓީމެވެ.