އިލެކްޝަންސް ކޮމިޝަން

ފުއާދުގެ ދައުރު ހަމަވާތީ އީސީގެ މެންބަރު ކަމަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އީސީގެ މެންބަރުކަމަށް ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މެންބަރު ކަމުގެ ދައުރު ހަމަވަތީ އެވެ.

ރައީސް އޮފީހުން އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23ވަ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅުން އައްޔަންކުރެވޭނީ އެކަމަށް ކުރިމަތިލުމަަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ނަމެއް މަޖިލީހުން ފާސްކުރުމުންނެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ފުއާދުގެ ދައުރު ހަމަވުމުން އޭނާއަށް ސަފީރުކަން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.