މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލޭގައި މި އޮފީސް އަޅަނީ އަމިން އެވެނިއު ކުރިމަތީގައި އޮންނަ 5،000 އަކަފޫޓުގެ ބިމެއްގައެވެ.

އެ ބިމުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި ކުންފުނީގެ އިސްވެރިންނެވެ.

މެޑްޓެކް މޯލްޑިވްސްއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ ދޮޅު އަހަރު ތެރޭގައި ނިންމަންޖެހޭ ގޮތަށް 79.1 މިލިއަން ރުފިޔާ އަށެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މިމަޝްރޫއުގައި އަޅަން ނިންމާފައިވާ އިމާރާތުގައި ނުވަ ފްލޯ ހުންނާނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފީސް މިވަގުތު ހިންގަނީ މާލޭގައި އަމިއްލަ މީހެއްގެ ގޭގައެވެ.