މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުން ހުޅުމާލެއިން ދެ ބިން ގަނެފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްސީއެލް) އިން ހުޅުމާލެއިން ދެ ބިން ގަނެފި އެވެ.

އެ ދެ ބިން ގަތް އަގެއް އަދި ބިމުގެ ބޮޑުމިނެއް ހައްޖު ކޯޕަރޭޝަނުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް ހުޅުމާލެއިން ގަނެފައިވާ ދެ ބިމުގައި އޮފީސް އިމާރާތަކާއި ރެޒިޑެންޝަލް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ހައްޖަށްދާ މީހުން ދައްކާ ފައިސާ ފައިދާ ހުރި އިންވެސްޓްމަންޓް ފަންޑަަކަށް ބަދަލުކޮށް އެ ފަންޑުން ފައިދާ ހޯދައިގެން ހައްޖަށް ދިއުމަށް ދިވެހިން ކުރާ ހަރަދު ކުޑަކުރުމަށް ހައްޖު ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް މިއަހަރު ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއާއެކު ހައްޖުވެރިންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދިނުމުގެ ގާބިލްކަން އެބަހުރި ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.