އަލިފާން

ގާމަގު ކެފޭ ހުރި އިމާރާތް ހުރި ތަން ސާފުކޮށް އެ ސަރަހައްދު ހުޅުވާލައިފި

ގާމަގު ކެފޭ ހުރި އިމާރާތް ހުރި ތަން ސާފުކުރަނީ -- ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
0%
0%
0%

ހ. ދޫހިމެރިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތް ތަޅާލައި އެތަން ސާފުކުރުމަށްފަހު އެ ސަރަހައްދު މިއަދު ހުޅުވާލައިފި އެވެ.

ދޫހިމެރިގޭގައި ހިންގަމުން ދިޔަ ގާމަގު ކެފޭގައި އަލިފާން ރޯވީ މިމަހުގެ ނުވަވަނަ ދުވަހު މެންދުރުފަހުގެ ވަގުތެއް ގައެވެ.

އަލިފާނުގެ ހާދިސާއަށްފަހު އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމާ ގުޅިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

ގާމަގު ކެފޭ ހުރި އިމާރާތް ހުރި ތަން ސާފުކުރަނީ -- ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ

ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ ސޯސަން މަގުގައި ހުންނަ މި އިމާރާތް ތަޅާލައި އެ ބިން ސާފުކޮށް ނިމިފައިވާތީ މިއަދު އެ ސަރަހައްދު ހުޅުވާލާފައިވާ ކަަމަށެވެ.

އިމާރާތް ތަޅާލައި އެތަން ސާފުކުރުމުގެ މަސައްކަތް ކުރީވެސް އެ މިނިސްޓްރީގެ މުވައްޒަފުންނެެވެ.

ތިން ފްލޯއަށް ހުރި މި އިމާރާތުގައި 50 އަކަށް ބިދޭސީން ދިރިއުޅެމުން ދިޔަ ކަމަށްވެ އެވެ. އަދި އަލިފާނުގެ މި ހާދިސާއާ ގުޅިގެން 40 އަކަށް މީހުން ހާލުގައި ޖެހިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910