އއ. ރަސްދޫގެ ގެއެއްގައި ރޯވެ ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރޭ ދަންވަރު އަލިފާން ރޯވީ އެ މީހުން ނިދާފައި ތިބި ކޮޓަރީގަ އެވެ.
މި ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 90 ޕަސެންޓް ފިހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ފިރިހެން މހާގެ ހަށިގަނޑުގެ ބޮޑު ބައެއްވެސް ވަނީ ފިހިފަ އެވެ.
އެ މީހުންނަށް ރަސްދޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.