މޯލްޑިވްސް ޕޮލިސް ސާވިސް

ގެސްޓްހައުސްއަކަށް މީހަކު ވައްދައި ފޭރުނު މީހުންގެ މައްސަލަ ޕީޖީއަށް

މާލޭގެ ގެސްޓްހައުސްއަކަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފާކޮށް ފޭރުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްގައި މި އަމަލު ހިންގާފައިވަނީ މިދިޔަ ޖުލައި 19 ވަނަ ދުވަހު އެވެ.

މިމައްސަލައިގައި ޕީޖީ އޮފީހުގައި ދައުވާކޮށްދިނުމަށް އެދުނީ ގ. އޯލްޕެރިސް، އަހްމަދު މިހާދު (44އ) އާއި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ)ގެ މައްޗަށެވެ.

ފުލުހުން ބުނީ މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.