ކުޅިވަރު

ފުޓްބޯޅަ ފޯރި އަލުން ގެނައުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ރާއްޖޭގައި ފުޓްބޯޅަ ފޯރި އަލުން ދިރުވުމުގެ ބޭނުމުގައި މުޅި ރާއްޖެ ތަމްސީލްވާ ގޮތަށް ފުޓްބޯޅަ މުބާރާތެއް ބޭއްވުމުގެ މަސައްކަތް ފަށައިފި އެވެ.

މި މުބާރާތް ރާވާ އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނައިންޓީ ޕްލަސްއާއި ސްޕޯސްޓް މިނިސްޓްރީ ގުޅިގެންނެވެ.

މުބާރާތް ފަށާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ނޮވެމްބަރު މަހުގެ ތެރޭގައި މުބާރާތް ފެށޭތޯ އިންތިޒާމު ކުރާ ފަރާތްތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރު ގޯލްޑްކަޕްގެ ނަމުގައި ގަލޮޅު ދަނޑުގައި ބާއްވާ ފުރަތަމަ މުބާރާތުގައި 24 ޓީމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަނީ މި މުބާރަތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި ފުޓްބޯޅައިގެ ފޯރި އެންމެ ވަރުގަދަ ރަށްތަކުގެ ޓީމުތައް ބައިވެރިކުރަން ވަކިން ބޮޑަށް މަސައްކަތް ކުރާނެ ކަމަށްވެސް ނައިންޓީ ޕްލަސް އިން ބުނެފައިވެ އެވެ.