ސްރީލަންކާ

ޑިސާނަޔަކަ ރައީސްކަމުގެ ހުވާކުރައްވައިފި

Sep 23, 2024

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ކުމާރަ ޑިސާނަޔަކަ އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވައިފި އެވެ.

ޑިސާނަޔަކަ ރައީސްކަމުގެ ހުވާ ކުރެއްވީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ޑިސާނަޔަކަ ކާމިޔާބުކުރެއްވީ 5.74 މިލިއަން ވޯޓުންނެވެ.

މިއީ ފޯޓުގެ 55.89 ޕަސެންޓެވެ. ޑިސާނަޔަކައާ އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރެމަދާސާއަށް ލިބިވަޑައިގަތީ 4.53 މިލިއަން ވޯޓެވެ.

ޑިސާނަޔަކަ އިންތިހާބު ކާމިޔާބު ކުރެއްވީ ލަންކާއަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް މައުލޫއަށް ވަލާލާތުކުރައްވައިގެންނެވެ. އެ ގޮތުން ދަރަނިން ބަނދެވިފައި އޮތް ލަންކާގައި ދުޅަހެޔޮ އިގުތިސާދެއް ގޮވާންކުރެއްވުމަކީ ޑިސާނަޔަކަގެ ވައުދެކެވެ.

ލަންކާގެ އިގުތިސާދު ބަދަލުކޮށްލެއްވުމަށް ޑިސާނަޔަކަ، ރައީސްކަމުގެ ފުރަތަމަ ދުވަހު ފައްޓަވާ އެޖެންޑާގައި އޮތީ ކޮރަޕްޝަން ނައްތާލުމެވެ.

ސަރުކާރު ތެރެއަށް މޫލާފައި އޮތް ކޮރަޕްޝަންގެ މޫތައް ކޮނެގެން ނަގައި ބުޑުން އުފުރާލެއްވުމަކީ ވަރަށް ބުރަކަމެއްކަން އެނގިވަޑައިގަތް ނަމަވެސް، ޑިސާނަޔަކަ ހުންނެވީ އެ ވައުދުގެ މަތީގަ އެވެ.

ޒުވާނުން ބާރުވެރިކުރުވައި ކޮރަޕްޝަން ނެތް ލަންކާއެއް އުފަންކުރެއްވުމަށް ޑިސާނަޔަކަ މާދަމާ ހުވައިކުރައްވާއިރު، މިއީ މީގެ ކުރިން ރައީސްގެ ގޮޑިއަށް ވަޑައިގެންނެވި ލީޑަރުންނަށް ކެރިވަޑައިނުގެންނެވި ވައުދެކެވެ.