މޯލްޑިވްސް އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ޑީޕޯޓްކޮށްލައިފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ޑީޕޯޓްކޮށްލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށްކުރާ މަސައްކަތުގެ ދަށުން 30 ބިދޭސީއަކު ބުރާސްފަތި ދުވަހު ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝް އާއި އިންޑިއާއަށް ނިސްބަތްވާ ބިދޭސީންވެސް ހިމެނޭ ކަމަށް އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 3،500 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު ދާދި ފަހުން އިމިގްރޭޝަން އޮފިސަރަކަށް ވެގެން ބިދޭސީން އުޅޭ ތަނަކަށް ބިދޭސީއެއްގެ އަތުން ވަނީ ފޭރިގަނެފަ އެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަނުން ވަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އޮފިސަރުން އުޅޭނީ ޔުނިފޯމުގައި ފާސް އަޅައިން ކަމަށް ބުނެ، އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.