ބާސެލޯނާ

ޕޯލެންޑްގެ ގޯލްކީޕަރު ވޮޖެޗް ޝެޒްނީ ބާސާއަށް

ބާސެލޯނާއާ ގުޅެން ނިންމި ޕޯލެންޑްގެ ގޯލްކީޕަރު ވޮޖެޗް ޝެޒްނީ
0%
0%
0%

ޕޯލެންޑްގެ ގޯލްކީޕަރު ވޮޖެޗް ޝެޒްނީ ފްރީ އޭޖެންޓެއްގެ ގޮތުގައި ބާސެލޯނާއާ ގުޅުމަށް އެއްބަސްވެއްޖެ އެވެ.

ރިޓަޔަރމަންޓުން އަނބުރާ އައުމަށްފަހު ޝެޒްނީ ބާސާއާ އެކު އެއް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ. އޭނާ ކުޅޭނީ ޓެރް ސްޓެގެންގެ ބަދަލުގައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ސްޕެއިންގައި މެޑިކަލް ޓެސްޓްތައް ހަދާނެ ކަމަށް ލަފާކުރެވެ އެވެ.

ބާސެލޯނާއާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށް ވޮޖެޗް ޝެޒްނީ ވަނީ ކަށަވަރުކޮށްދީފަ އެވެ.

"މިހާރު އަހަރެން ބާސާއާއެކު މަޝްވަރާކުރަމުން އެބަގެންދަން."

މީގެ ކުރިން ވޮޖެޗް ވަނީ ބާސާއިން އޭނާއަށް ހުޅަހެޅުމެއް އައިކަން ހާމަކޮށްފަ އެވެ.

"މި ފުރުސަތު ނުބަލައި ދޫކޮށްލުމަކީ އަހަރެންގެ ކެރިއަރަށް އިހުތިރާމް ކުޑަކުރުން ކަމުގައި ދެކެން. ބާސެލޯނާއަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކުގެ ތެރެއިން އެއް ކްލަބް،" ޝެޒްނީ ބުންޏެވެ.

ބާސެލޯނާގެ ރަސްމީ ކީޕަރު އަދި އެޓީމުގެ ކެޕްޓަން ޓަރ ސްޓެގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ ބާސާ އިން ކީޕަރެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޕޭން މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނިކޮށް ޝެޒްނީ ގެނައުމަށް އެކްލަބުން ވަނީ ނިންމާފަ އެވެ.

ޝެޒްނީ ބާސާއަށް ގެނައުމަށް ލެވެންޑޯސްކީ މަސައްކަތް ކުރި ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

ބާސާގެ އޮފާއަށް އޭނާ އެއްބަސްކުރުމަށް ލެވެންޑޯސްކީ އެ ކީޕަރަށް ގުޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. ލެވެންޑޯސްކީ އާއި ޝެޒްނީ އަކީ ޕޮލެންޑު ގައުމީ ޓީމުގައި އެކުގައި ކުޅޭ ދެ ކުޅުންތެރިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345