މޯލްޑިވްސް ޕޮލިސް ސާވިސް

ތައްޔިބު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

ފުލުހުންގެ ސައްހަނޫން ބަޔާނެއް ދައުރުކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ފުލުހުންގެ ސައްހަ ނޫން ބަޔާނެއް ދައުރުކުރި ކަމަށް ތުހުމަތުކުރާ އެ މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއްގެ ދަށުން ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ބައެއް ސާމާނުވެސް ހިފަހައްޓާފަ އެވެ.

އެ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި ތޮއްޔިބްގެ ފޯނާއި ލެޕްޓޮޕާއި ހާޑްރައިވަކާއި ފަސް ޕެންޑްރައިވް ހިމެނެ އެވެ.

ތައްޔިބު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަން ފުލުހުން ހާމަކުރީ މިއަދު އެވެ. ނަމަވެސް ތައްޔިބު ހާޒިރުކޮށް ސުވާލުކުރީ ކޮންއިރަކު ކަމެއް ފުލުހުން ނުބުނެ އެވެ.

ތައްޔިބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހައްޔަރުކޮށް ޖަލަށްލާފައިވާ މީހެކެވެ. އޭރުވެސް އޭނާގެ ފޯނާއި އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓާފައިވެ އެވެ.