ފިނޭންސް މިނިސްޓްރީ

ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވަނީ

ދެވަނަ ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސްގެ ތެރެއިން --
0%
0%
0%

ޕަބްލިކް ޑެޓް މެނޭޖްމަންޓް (ޕީޑީއެމް) އިން ބާއްވާ ތިންވަނަ ކޮންފަރެންސްގައި ފިނޭންސް މިނިސްޓްރީން ބައިވެރިވުމަށް ނިންމައިފި އެވެ.

މި ކޮންފަރެންސަކީ އަންނަ މަހުގެ ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހު އެމެރިކާގެ ވޮޝިންގްޓަން ޑީސީގައި ވޯލްޑް ބޭންކް ހެޑްކުއާޓަރުގައި ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސެކެވެ.

މިފަހަރުގެ ކޮންފަރެންސަކީ ޕަބްލިކް ޑެޓް މެނޭޖްމަންޓަށް ހުރި ނުރައްކަލާއި ގޮންޖެހުންތަކަށް އަމާޒުކުރާ ކޮންފަރެންސް އެކެވެ.

މީގެ ތެރޭގައި އިންފްލޭޝަނާއި، މާކެޓްސް އަދި މޫސުމަށް އަންނަ ބަަދަލުތަކަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން ކޮންފަރެންސްގައި ހަތަރު ބޭފުޅަކު ބައިވެރިވެ އެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް އެމެރިކާއަށް ދަތުރުކުރާ ދިވެހި ވަފްދުގެ ހަރަދުތައް ސްޕޮންސާކޮށްފައިވަނީ ކޮންފަރެންސް އިންތިޒާމު ކުރާ ފަރާތުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910