ކްރިމިނަލް ކޯޓް

ސަބަބަކާ ނުލާ އާންމު ތަނެއްގައި ވަޅި ގެންގުޅު ދެމީހަކު ބަންދުކޮށްފި

މަގުބޫލު ސަބަބަކާ ނުލައި އާންމު ތަނެއްގައި ވަޅި ގެންގުޅު ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި އެވެ.

މި ދެ މީހުން ވެސް ވަޅި ގަނެފައިވަނީ ލަގްޒަރީ ފިހާރަ އިންނެވެ. އަދި އެއަށްފަހު ރޫޓުގެ ފިހާރައަކުން އެމީހުން ވަނީ ޒިޕޯ ފްލުއިޑް ވެސް ގަނެފަ އެވެ.

ފުލުހުން ވަނީ އެ ދެ ތަނުން ވަޅިއާއި ފްލުއިޑް ގަތް ކަމުގެ ރިސީޓް ކޯޓަށް ހުށަހަޅާފަ އެވެ.

ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ވަޅި ގަތް ސީދާ ސަބަބެއް އަދިވެސް އެނގިފައެއް ނުވެ އެވެ.