މިނިސްޓަރު އިބްރާހީމް ފައިސަލް

މިނިސްޓަރު ފައިސަލް ފުވައްމުލަކުގައި

ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ފުވައްމުލަކަށް ވަޑައިގެންފި އެވެ.

ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހެވެ.

ފައިސަލްގެ ދަތުރުގައި ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަ ބައްދަލުކުރައްވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތައް މިނިސްޓަރު ފައިސަލް އަޑުއައްސަވައި އެކަންކަމަށް ހޯދައިދެވެން ހުރި ހައްލުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފުވައްމުލަކުގައި މިރޭ ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024"ގެ ހަފްލާވެސް ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރު ފައިސަލް އެވެ.

މި ހަފްލާގައި ފުވައްމުލަކަށް ނިސްބަތްވާ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތެރިންނަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވެ އެވެ.