ދިރާގު ޕޯސްޓްޕެއިޑް 1000 ޕްލޭނާއި އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މުޅިން އާ އޮފާތަކެއް ތައާރަފުކޮށްފި އެވެ.
މި ޕްލޭންތަކާއެކު ކަސްޓަމަރުންނަށް އެއް އަގެއްގައި އިތުރު ޑޭޓާ އާއި ލިމިޓެޑް ސޯޝަލް މީޑިއާ ޑޭޓާ، ކޯލް އަދި އެސްއެމްއެސްއާއެކު ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
ޕެކޭޖުގައި ހިމެނޭ އިނާޔަތްތައް
- ޕޯސްޓްޕެއިޑް 1000: 60 ޖީބީގެ ކޯ ޑޭޓާ + ލިމިޓްލެސް ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރުތަކުގެ އިތުރުން އެހެނިހެން ލޯކަލް ނެޓްވޯކަށް ހިލޭ ގުޅުން
- ޕޯސްޓްޕެއިޑް 1700: 200 ޖީބީ ގެ ކޯ ޑޭޓާ + ލިމިޓްލެސް ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރުތަކުގެ އިތުރުން އެހެނިހެން ލޯކަލް ނެޓްވޯކަށް ހިލޭ ގުޅުން
ދިރާގުން ބުނި ގޮތުގައި ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމައެކު ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑް ކުރެވޭނެ އެވެ. އަދި މި ޕްލޭންތަކުގެ މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން ދާދިފަހުން ވަނީ ޕޯސްޓްޕެއިޑް 400 ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ލޯންޗެއް ލިބޭ ޕްރޮމޯޝަނެއް ފަށާފަ އެވެ.
އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަ ބްރޯޑްބޭންޑް 30އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް މެދުވެރިކޮށް މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާން ޖެހެ އެވެ.