- މީރު ގިނަ ކެއުންތަކެއް ލިބެން ހުރޭ
- ގެސްޓް ހައުސް ވަރަށް ފުރިހަމަ
- ހިދުމަތުގެ ފެންވަރު ވަރަށް ރަނގަޅު
މި ރަށަށް ފޭބުމާއެކު ފުރަތަމަ ލޮލު އަޅައިގަންނަ ތަންނުގެ ތެރޭގައި ހިމެނޭނީ މިހިރަ ރީތި ހިތްގައިމު ގެސްޓް ހައުސް އެވެ. ސިންފަނީ ގްރޫޕުން ހިންގާ "ކްރިސްޓަލް ސޭންޑްސް" ގެސްޓް ހައުސްގެ މި އިމާރާތަކީ މާފުށީގެ މޫނުމަތިން މައްޗަށް އަރާ ހުރި އެންމެ ހިތްގައިމު އެއް އިމާރާތޭ ނުބުނެވޭނެ ސަބަބެއް ވެސް ނެތެވެ! މި ތަން ހާއްސަވެގެން ދަނީ އިމާރާތުގެ ރީތިކަމުން އެކަންޏެއް ވެސް ނޫނެވެ. މި ގެސްޓް ހައުސްގެ "ލެގޫން ރެސްޓޯރެންޓަކީ" މާފުށީގައި ހުރި އެންމެ މަޝްހޫރު ރެސްޓޯރެންޓަށްވެސް ވާތީ އެވެ. ލެގޫން ރެސްޓޯރެންޓުން މާފުށި މީރުކޮށްދެ އެވެ.
"ހަމައެކަނި ގެސްޓުންނެއް ނޫން، ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައިވެސް އަޅުގަނޑުމެންގެ ސިންފަނީ ލެގޫން ރެސްޓޯރެންޓް ވަރަށް މަގުބޫލު،" މެނޭޖަރު ފަރުހާން އިބްރާހިމް (ފަރުހާން)، ކްރިސްޓަލް ސޭންޑްސްގައި ހުންނަވައިގެން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
"އަވަސް" ގެ ނޫސްވެރިން މާފުއްޓަށް ކުރި ދަތުރުގައި ޓީމުގެ ކެއުންތައް އިންތިޒާމުކޮށްފައިވަނީ ވެސް މި ރެސްޓޯރެންޓުންނެވެ. އެހެންވެ މިތާނގެ ކެއުންތަކުގެ ރަހަ ބަލާލައި ތަޖުރިބާކޮށްލަން ލިބުނެވެ.
މި ހިތްގައިމު ރެސްޓޯރެންޓްގައި ހެނދުނު މޯނިން ބުފޭ އޮވެ އެވެ. ބުފޭގައި ދިވެހިންގެގެ ނާސްތާގައި އަބަދުވެސް މަގުބޫލު ކަން ހޯދާފައި އޮންނަ ހުރިހާ ބާވަތްތަކެއް ހިމަނާފައި ހުންނަ އިރު މާލޭގެ ސިންފަނި ރެސްޓޯރެންޓެކޭ އެއްގޮތަށް މެނޫގައި "ނަން ހުސްކޮށް" ބާވަތްތައް ތަފާތުވުމެއް ނެތް ސިންފަނީގެ ރަހަތަކުގައި މާފުއްޓަށް ވެސް ގެންގޮސްދީފައި ވެއެވެ. މި މެނޫއަށް ގޮންޖަހާލެވޭނެ ދެވަނަ މެނޫއެއް މާފުށިން ހޯދުމަކީ އަދި ވާން އޮތް ކަމެއް ނޫނެވެ.
ކްރިސްޓަލް ސޭންޑްގެ ޕިއްޒާއަކީ ދިވެހިންގެ މެދުގައި ވެސް ޓޫރިސްޓުންގެ މެދުގައި ވެސް މިހާރު މަގުބޫލް ޕިއްޒާއެކެވެ.
"މިތާނގެ ޕިއްޒާ ވަރަށް މަގުބޫލް ވަރަށް ގިނަ ބަޔަކު އަބަދުވެސް ޕީއްޒާއަށް އޯޑަރު ދޭނެ. ޕީއްޒާގެ ޑިމާންޑެސް އެހާ ބޮޑު،" ފަރުހާން ވިދާޅުވި އެވެ.
ސިންފަނީ ލެގޫން ރެސްޓޯރެންޓުގެ ހާއްސަ އަނެއް ކަމަކީ އޯޕަން އެއާގެ ކެންޑުލް ލައިޓްގައި ކެއުމަށް އިންސާފު ކުރާނެ ވެސް ހިތްގައިމު މާހައުލެއް އޮތުމެވެ. މިރަށަށް ޖެހޭ ތާޒާ ވައިރޯޅީގެ ތެރޭގައި ހުންނަ އޮންނަ މި އޯޕަން އެއާގައި ހައްދާފައިވާ "ލެމަންގްރާސް" ބަގީޗާ ތެރޭގައި ކެއުމަށް އިންސާފު ކޮށްލައި ހިތް ފުރާލެވިދާނެ އެވެ.
ހިތް ގައިމު ކޮޓަރިތަކާއި ހިތް ހެޔޮ މެހުމާންދާރީ
"ކްރިސްޓަލް ސޭންޑް" އޮތީ އެންމެނަށް މަރުހަބާ ކިޔައިގެނެވެ. މިތާނގައި ތިން ވައްތަރެއްގެ ކޮޓަރިތައް އެބަހުއްޓެވެ. އެެއް ވައްތަރަކީ "ބީޗް ޑިލެކްސް" ކޮޓަރިތަކެވެ. ދެން މިހުރީ "ސްޓޭންޑަޑް ކޮޓަރި" ތަކެވެ. އަދި "އޯޝަން ޑިލެކްސް" ކޮޓަރި ތަކެވެ. މި ތިން ކެޓަގަރީގެ ކޮޓަރިތަކާއެކު މި ގެސްޓް ހައުސް މަގުބޫލުވެފައިވަނީ ޓޫރިސްޓުންނަށް މެހުމާންދާރީ އަދާ ކުރުމުގައި ވެސް އެންމެ ހާއްސަ އެއް ގެސްޓް ހައުސްއަށެވެ.
ރާއްޖޭގައި ސިންފަނީގެ 20 އަހަރުގެ ތަޖުރިބާ މި ރަށަށް ގެނައުމާއެކު ކްރިސްޓަލް ސޭންޑްސް މަގުބޫލުކަން ވަނީ ރާއްޖެއިން ބޭރުގެ އެތައް ގައުމަކަށް ދަތުރުކޮށްފައެވެ. ޓޫރިސްޓުން އެ މީހުންހެ ޗުއްޓީ ދަތުރުތަކުގައި ދުނިޔޭގެ އެކި ގައުމުތަކުން މި ގެސްޓް ހައުސްގައި ވަގުތު ހޭދަކޮށްލަން އަބަދު ތިބެނީ އައިހެވެ. އަބަދުވެސް ފުލް އެވެ.
"ގެސްޓުންނަށް އެންމެ ތަފާތު ތަޖުރިބާ ލިބޭނީ މިތަނުން. އަޅުގަނޑުމެންނަށް ލިބޭ ރިވިއުއަށް ބަލާއިރު ވަރަށް އުފާވާނެ ރިވިއުސްތައް ހުންނަނީ" ތިރީހަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ގެސްޓްހައުސްގެ މެނޭޖަރު ވިދާޅުވި އެވެ.
މި ރަށުވައި 40 ގެސްޓް ހައުސް ހުންނައިރު މި ގެސްޓް ހައުސް ތަފާތުވެގެން ދަނީ އަދި ޓޫރިސްޓުންނަށް މަގުބޫލްވެފައި ވަނީ ޓޫރިސްޓުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެފައި އިތުބާރު ކުރެވޭ ބްރޭންޑަކަށް ވެގެނެވެ.
"ހިދުމަތް ހޯދަން އެކި ގައުމުތަކުން އަންނަ މީހުން ރިޕީޓްކޮށް އެބަ އާދެ. އެހެންވެ ބުނެވޭނީ ޓޫރިސްޓުން ހިތްހަމަ ޖެހެއޭ،" ފަރުހާން ވިދާޅުވި އެވެ.
މި ގެސްޓް ހައުސްއަށް ގިނައިން އަންނަނީ ޔޫރަޕު މީހުންނެވެ. އެއާއެކު އޭޝިޔާގެ ބޮޑެތި މާކެޓުތަކުން ވެސް ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.
"ގެސްޓް ހައުސް މާކެޓު ޑިވްލޮޕްވަނީ ތަންކޮޅެއް ގިނައިން ތިބެން ބޭނުންވާ މީހުންނަށް. އެބައާދެ ލަގްޒަރީ ރިސޯޓްތަކުގައި ތިބޭ މީހުން ވެސް. މުސްލިމް ޓޫރިސްޓުންވެސް ގިނަ އަދަދަކަށް އާދޭ އެ މާކެޓްގައި ވެސް ރަނގަޅު ޑިމާންޑެއް އެބައޮވޭ. ގިނަ މީހުން ބޭނުންވަނީ ގިނަ ދުވަހު ތިބެން،" ފަރުހާން ވިދާޅުވި އެވެ.
ރާއްޖޭގެ ރީތިކަން ކުޑަ ހަރަދަކުން ފެނޭ
ކްރިސްޓަލް ސޭންޑްސް ގެސްޓް ހައުސްއަށް އަންނަ ޓޫރިސްޓުންނަށް ވެސް ރާއްޖޭގެ ރީތިކަން ދެކިލައި އެންމެ ފުރިހަމަށް އުފާ ކޮށްލުމުގެ ފުރުސަތު ލިބެ އެވެ. ދުނިޔޭގައި ރީތިކަމަށް ދެވަނައެއް ނެތް ކަނޑުތަކުގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބެ އެވެ. މޫދު ކުޅިވަރުތަކުގައި ބައިވެރިވެވެ އެވެ. އަދި ވެލާ އާއި ކޯމަސް އަދި ފެހުރިހި ބަލައިލަން ދެވެ އެވެ.
ކްރިސްޓަލް ސޭންޑްސްގެ އެކްސްކާޝަންތައް ވެސް ރާވާފައި އޮންނަނީ ވަރަށް ފުރިހަމަ އަށެވެ.
"ހަމައެކަނި ގެސްޓުންނެއް ނޫން. ލޯކަސްއަށްވެސް ހާއްސަ އަގުތަކެއް ލިބޭނެ. އަޅުގަނޑުމެންގެ ރޫމެއް ދިވެއްސެއް ނެގި ނަމަވެސް އެއްވެސް ތަފާތު ކުރުމެއްނެތި ހިދުމަތް ލިބޭނެ،" ފަރުހާން ވިދާޅުވި އެވެ.
ކްރިސްޓަލް ސޭންޑްސްއަކީ މިވަގުތު މިރަށުގައި ހުރި އެންމެ ސަޅި އެއް ގެސްޓް ހައުސް އެވެ. އަދި މިތަނުގެ ރެސްޓޯރެންޓުން ރަހަތައް މީރުކޮށްދެމުންދާއިރު، މި ގެސްޓް ހައުސްގައި މަޑުކޮށްލަން ފުރުސަތު ލިބުމަކީ މުޅިން ތަފާތު ތަޖުރިބާއަކަށް ނޫނީ ނުވާނެ އެވެ.