ދިރާގު

ލަބޭރާ ބޮޑީބޯޑިން ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ލަބޭރާ ބޮޑީބޯޑިން ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށްފި އެވެ.

މިއީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ޗެލެންޖުގެ ތިން ވަނަ އެޑިޝަނެވެ. މީގެ އިތުރުން މިއީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މި އަހަރު ބާއްވާ ދެވަނަ ގައުމީ މުބާރާތެވެ.

މި ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖެހުމުން، ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް، ނައިޔާ ޝަރީފު ވިދާޅުވީ ލަބޭރާ ބޮޑީބޯޑިން ޗެލެންޖަށް ސަޕޯޓް ދިނުމަކީ އެތުލީޓުންގެ ހުނަރު ދައްކާލުމަށް ހުޅުވާދެވޭ ދޮރެއް ކަމަށެވެ.

މީގެ އިތުރުން ދިވެހި އެތުލީޓުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުން ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްބީބީއޭގެ ރައީސް ހުސެއިން ނިޒާމް ވަނީ އެ އެސޯސިއޭޝަނާއި އެތުލީޓުން ކުރިއެރުވުމަށް ދިރާގުން ކުރާ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

މާލޭ ރާޅުގަނޑު ސަރަހައްދުގައި މިއަދު ފެށި މި ޗެލެންޖު ކުރިއަށްދާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.