ހައިކޯޓް

ހައިކޯޓްގައި ހަނާގެ މައްސަލައިގެ އަޑުއެހުން ނިންމާލައިފި

Mar 14, 2016

ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގަޔަށް ވަޅި ހަރައި މަރާލުމުގެ ކުށް ސާބިތުވެ މަރު ހިފަން ހުކުމްކޮށްފައިވާ ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ. މިއަދު ހައިކޯޓްގައި އަޑު އެހުންތައް ނިންމާލީ ބެންޗް ބަދަލުކޮށްގެނެވެ.

ހަނާގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ކުރިޔަށް ގެންދިޔަ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި އަބްދުﷲ ދީދީ އާއި އަބްދުﷲ ހަމީދާއި އަބްދުއްރައޫފް އިބްރާހިމާއި ޝުޖާއު އުސްމާނެވެ.

ދައުލަތުން މިއަދު މައްސަލަ އަވަސް ކޮށްދެވަން އެދުނު އިރު ފަނޑިޔާރުން ވިދާޅުވީ މައްސަލާގައި ދައްކަން ހުރީ ކުރިން ވެސް ދައްކާފައި ހުރި ވާހަކަ ތައް ކަމަށެވެ.