ބެންޖަމިން ނަތަންޔާހޫ

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ފޮރުވިކަން ހާމަވެއްޖެ

އިރާނުން އިޒުރޭލަށް ހަމަލާ ދިން ވަގުތު އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގުދުސްގެ ފަރުބަދައެއްގެ މެދުތެރޭގައި ފޮރުވިކަން ފަޅާއަރައިފި އެވެ.

އިޒުރޭލުގެ ނޫހެއް ކަމަށްވާ "ޔެދިއޯތު އަހަރޯނޯތު" އިން ބުނެފައިވާ ގޮތުގައި އީރާނުގެ ހަމަލާގެ ކުރިން ނަތަންޔާހޫ ވަނީ ގުދުސްގެ ފަރުބަދައެއްގެ ތެރޭގައި ހުރި ސިއްރު ތަނަކަށް ގެންގޮސްފަ އެވެ. އަދި ހަމަލާގެ މުޅި ވަގުތުގައިވެސް އޭނާ ހުރީ އެތަނުގައި ކަމަށް ނޫހުން ބުނެފައިވެ އެވެ.

ނަތަންޔާހޫ ފޮރުވީ އިޒުރޭލުން ލުބުނާންގެ ހިޒުބްﷲ ލީޑަރު ހަސަން ނަސްރުﷲ އަވަހާރާކޮށްލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފާނެ ކަމަށް އިރާނުން ބުނުމާ އެކު އެވެ.

އީރާނުގެ ރޭގެ ހަމަލާއަކީ އިޒްރޭލަށް އަމާޒުކޮށް އެ ގައުމުން މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާ އެވެ. މީގެ ކުރިންވެސް މިފަދަ ހަމަލާއެއް މިއަހަރުގެ ތެރޭގައި އީރާނުން އިޒްރޭލަށް ދީފައިވެ އެވެ.

ނަތަންޔާހޫ ފޮރުވި މައްސަލައިގައި އިޒުރޭލުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އިރާންގެ ހަމަލާއާ ގުޅިގެން ނަތަންޔާހޫ ފިއްލަވައިގެން ހުންނަވާ ދެއްވި ބަޔާނެއްގައި ވިދާޅުވީ އިރާނުން ހެދީ ބޮޑު ގޯހެއް ކަމަށެވެ. އަދި ހިތިގޮތަކަށް ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.