ވެމްކޯ

ބަންކަރިންގެ ހިދުމަތަށް އަންނަ ބޯޓުތަކަށް ވެމްކޯއިން ކުނި އުކައިދިނުމުގެ ހިދުމަތް

ބަންކަރިންގެ ހިދުމަތް ފެށި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

ބަންކަރިންގެ ހިދުމަތަށް ރާއްޖެ އަންނަ ބޯޓުތަކަށް ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ވަޖީހު ވިދާޅުވީ ބަންކަރިންނަށް އަންނަ ބޯޓުތަކަށް ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭނީ ކައިރި ރަށެއްގައި އެކަމަށް ހާއްސަ ފެސިލިޓީއެއް ހެދުމަށްފަހު ކަމަށެވެ.

އެއްބަސްވުމުގައި ވާގޮތުން ބޯޓުތަކުން ކުނި ނަގާނީ އެމްޕީއެލް އިންނެވެ. އަދި އެމްޕީއެލްއިން އުތުރު ގޭޓްވޭއަށް ކުނި ޑިސްޗާޖްކުރުމަށްފަހު އެ ކުނި މެނޭޖްކުރާނީ ވެމްކޯއިންނެވެ.

ބޯޓުތަކުގެ ކުނި މެނޭޖުކުރުމުގެ ހިދުމަތުގެ އިތުރުން ވެމްކޯއިން ވަނީ ބޭނުންކޮށްފައިވާ ތެޔޮ (ޔޫޒްޑް އޮއިލް) މެނޭޖްކުރުމުގެ ހިދުމަތް ވެސް ދިނުމަށް ހަމަޖެހިފަ އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް ވިދާޅުވީ ކުނިތަކަށް ހާއްސަ ސެންޓަރުން ބޯޓުތަކުން ނަގާ ކުނި ކުނބުރުދޫގައި ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ. ހިދުމަތް ފަށާފައިވަނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910