މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ތިންރަށެއްގައި އައިސްޕްލާންޓް އެޅުމަށް އީއައިއޭ ހަދަން ހުޅުވާލައިފި

ތިން ރަށެއްގައި އައިސްޕްލާންޓް އެޅުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް މިފްކޯ އިން ހުޅުވާލައިފި އެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ ދ. މީދޫ، ދ. ބަނޑިދޫ އަދި ށ. ފުނަދޫގައި އައިސްޕްލާންޓް އެޅުމަށެވެ.

އައިސް ޕްލާންޓުތަކުގައި 50 ޓަނުގެ އައިސް ސްޓޯރޭޖް ހުންނާނެ ކަމަށްވެސް މިފްކޯއިން ބުނެ އެވެ.

ތިން ރަށުގައި އީއައިއޭ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.

ޕްރޮޕޯސަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 2:00 ގައެވެ.

މިފްކޯ އިން ބުނީ މިތިން ރަށުގައިވެސް އައިސްޕްލާންޓްތައް އެޅުމުގެ މަޝަރޫއަކީ ސަރުކާރުގެ ޕީއެސްއައޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ 24 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

މިފްކޯގެ އަމާޒަކީ މަސައްކަތް ފަށާތާ ގިނަވެގެން އަށް މަސް ދުވަސް ތެރޭގައި އައިސްޕްލާންޓްތަކުގެ މަސައްކަތް ނިންމުމެވެ.