އަބްދުﷲ ނާޒިމް އިބްރާހިމް

ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުވާން ޖެހޭ: ނާޒިމް

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް -- ފޮޓޯ: ހެލްތް މިނިސްޓްރީ
0%
0%
0%

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ވަރަށް ގޯސްވެފައިވާތީ އެކަން ރަނގަޅު ކުރުމަށް ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލު ވާންޖެހޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުޅަހެޔޮ ކަމުގެ ދުވަހާއި ގުޅިގެން ގައުމާއި މުހާތަބު ކުރައްވާ ދެއްވި ހިތާބެއްގަ އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ދުނިޔެއާއި ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމާމެދު މީހުން ހޭލުންތެރިކަން އިތުރު ކުރުން ކަމުގަ އެވެ.

ދުނިޔޭގެ ގިނަބަޔަކު ދަނީ ނަފްސާނީ ބަލި ތަހައްމަލުކުރަމުން ކަމަށާއި އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި ދުނިޔޭގެ ނިސްބަތުން ކޮންމެ އަށް މީހަކުން އެކަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެއްކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ނަފްސާނީ ބަލިތަކަށް ދުރާލާ ތައްޔާރު ނުވެވިއްޖެ ނަމަ ފަރުވާދިނުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހޭނެ ކަމަށާއި އިގުތިސާދީގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި އިންވެސްޓް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހެލްތް މިނިސްޓަރު ވަނީ ކޮންމެ މީހަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ މީހެއްގެ ގޮތުގައި ހުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

މިއަހަރުގެ ނަފުސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރަކީ "މެންޓަލް ހެލްތު އެޓް ވޯކް" ނުވަތަ "މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން" މި ޝިއާރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910