މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ގުދުރަތީ ރައުސުލްމާލު ވަޒަންކުރުމުގެ މަސައްކަތް ފަށައިފި

ގުދުރަތީ ރައުސުލްމާލު ހިސާބު ކުރުމަށްޓަކައި ގުދުރަތީ ވަސީލަތްތައް ހިސާބުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި އެނަވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ ލ. އަތޮޅުގައި ގުދުރަތީ ވަސީލަތްތަށް ހިސާބުކުރުމުގެ ގޮތުން ފެށި އެންދެރި ސްމޯލް ގުރާންޓްސް 2024 މަޝްރޫއު ފެށުމުގެ ގޮތުން ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގުދުރަތީ މުއްސަނދިކަން ވަޒަން ކުރުމުގެ މުހިއްމު ކަމާއި ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ ބޭރުގެ ގިނަ ގައުމުތަކުގައި އެ ބައެއްގެ މުހިއްމު ގުދުރަތީ ވަސީލަތްތަކުގެ އަގު ވަޒަން ކުރާ ކަމަށެވެ.

ނަމަވެސް އަޅުގަނޑުމެންގެ މާހައުލުގައި ހިމެނޭ ޗަސްބިންތަކާއި، ފާތަކާއި، މޫދުގެ މަހައުލު ވަނީ ވަޒަން ނުކުރެވި އަޅާނުލެވި ދޫކޮށްލެވިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުގެ ވަރަށް ކަންބޮޑުވުން އޮތް މައްސަލައެއް،" ތޯރިގު ވިދާޅުވި އެވެ.

މިމަޝްރޫއު ދަށުން ކުރާ މަސައްކަތްތައް ހަވާލުކޮށްފައިވަނީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ނިއު ސައުތް ވޭލްސްއާ އެވެ.