ހަބަރު

އައިއެންއައިއޭގެ ރަންވޭ ރީސާފެސިންގެ މަސައްކަތް ނިންމާލައިފި

އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ރަންވޭ ރީސާފޭސްގެ މަސައްކަތް ނިންމާލައިފި އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އައިއެންއައިއޭ ރަންވޭ މިއަދާއި ހަމަޔަށް ވެސް އޮތީ ހަލާކުވެ ވީރާނާވާން ކައިރިވެފައި ކަމަށާއި މައްސަލައިގެ ސަބަބުން ބައެއް އެއާލައިންތަކަށް ދަތި އުނދަގޫތަކެއް ކުރިމަތިވެ، ނަން މައްޝޫރު އެއާލައިންތަކުގެ ޝަކުވާތައް ވެސް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓުގެ ހާލަތު ބަދަލު ކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ފެށި ރަންވޭ ރީސާފެސިންގެ މަސައްކަތް މިދިޔަ އާދީއްތަ ދުވަހު ނިންމާލައިފައިވާ ކަމަށެވެ.

"މިހާރު އެއާޕޯޓުގެ ރަންވޭ ޒަމާނީ ފެންވަރަށް ތައްޔާރު ކުރުމަށް ރީސާފޭސިންގެ މަސައްކަތް އެވަނީ ނިންމާފައި. މި ޕްރޮކްޓުގެ ދަށުން ޓެކްސީވޭ ތައްވެސް ރަނގަޅު ފެންވަރަކަށް މަރާމާތު ކުރުން ހިމެނޭ އަދި އެކަން ވެސް ވަރަށް އަވަހަށް ނިމިގެންދާނެ،" ސައީދު ވިދަޅުވި އެވެ.

ރަންވޭ ރީސާފޭސް ކުރުމުގެ މަސައްކަތަށް 17 މިލިއަން ޑޮލަރު ހަރަދުވެ އެވެ. އެ މަސައްކަތް ނިމުނީ ހަމަސް ދުވަހުންނެވެ.