މިނިސްޓްރީ އޮފް އެޑިއުކޭޝަން

އަންނަ އަހަރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ވައްދަން ހުޅުވާލައިފި

އަންނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލުމަށް ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ. އޮންލައިން ފޯމް އެޑިޔުކޭޝަން މިިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް ނޮވެމްބަރު 15 ވަނަ ދުވަހެވެ.

ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ވަނީ ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދީގެން ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެދިފަ އެވެ.