މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އިތުރު 10 ރަށެއްގައި ލައިސަންސް ނެނގޭ ގޮތް ހަދައިފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އިތުރު 10 ރަށަކުން ނެނގޭ ގޮތް ހަދައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލައިސަންސް ނެގުމުގެ ކަންކަން ހަރުދަނާކުރުމަށާއި ރައްޔިތުންނަށް ވީހާވެސް ފަސޭހައިން އެކަން ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އިތުރު 10 ރަށަކުން ލައިސަންސް ނެނގޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ލައިސަންސް ނެނގޭނެ އިންތިޒާމު ހަމަޖެއްސި 10 ރަށް

  • ހއ. އިހަވަންދޫ
  • ހއ. މޮޅަދޫ
  • ހއ. ކެލާ
  • ރ. ހުޅުދުއްފާރު
  • ބ. ކެންދޫ
  • ފ. ދަރަނބޫދޫ
  • މ. ދިއްގަރު
  • ގދ. ގައްދޫ
  • ވ. އަތޮޅު ކައުންސިލް

އަލަށް ހުއްދަ ދިން ރަށްތަކާ އެކު ލައިސަންސް ނެނގޭނެ ރަށްތަކުގެ އަދަދު މިހާރު ވަނީ 39 އަށް އިތުރުވެފަ އެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ރަށްރަށުގައި ނެނގޭނެ އިންތިޒާމު ހަމަޖައްސަނީ އެ ރަށްތަކުގައި އެކަމަށް މީހުން ތަމްރީން ކުރުމަށްފަހު ކަމަަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

މާލެ އާއި އަތޮޅު ތެރޭގައި ދުއްވާ އެއްގަމު އުޅަނދު އިތުރުވާތީ އެ މައްސަލައަށް ހައްލު ހޯދުމަށްވެސް ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.